ޖޭޕީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ ކޯލިޝަން ކެންޑިޑޭޓާއި ރަނިން މޭޓަށް ތާޢީދުހޯއްދެވުމަށް ލ.އަތޮޅުގައި

ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި...

07 Aug 2018 | 09:31

ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ލ އަތޮޅަށް ވަޑައިގެން މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ.

އައިޝަތު ނަހުލާ ލ އަތޮޅަށް ވަޑައިގެންނެވުމުން އެއާޕޯޓުން އެކަމަނާއަށް އެ އަތޮޅުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ލ އަތޮޅަށް އެކަމަނާ ދަތުރުފުޅެއް ކުރެއްވުމަކީ ލިބިގެންދިޔަ އުފަލެއްކަމަށް އެ ރައްޔިތުން ވަނީ ބުނެފައެވެ.

އައިޝަތު ނަހުލާ މިއަދު ކެމްޕޭންގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ލ.ގަމުގައި ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު ބައްލަވާ، ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓާއި ރަނިން މޭޓަށް ތާޢީދު ހޯއްދެވުމަގައެވެ. ދޮރުން ދޮރަށް ހިންގުވުމުގެ އިތުރުން ޖަގަހަތަކަށްވެސް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯރކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ މިދަތުރުން ލ އަތޮޅުން ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާޢީދު އޮތް މިންވަރު އިނގިގެން ދިޔަކަމަށެވެ. އަދި މި ދަތުރުގެ އަމާޒަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްވެސް ހުންނެވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އާއި ރަނިން މޭޓް އާ އެކު ކަމަށް ރައްޔިތުންނަށް އަންގައި ދިނުންކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ލ އަތޮޅަށް ކުރައްވާ މިދަތުރު ފުޅުގައި ޖޭޕީގެ ޑެޕިޔުޓީ ލީޑަރ އަބްދުﷲ އަމީން ގެ އިތުރުން ބައެއް ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނަވައެވެ. މި ދަތުރުފުޅުގައި މި ރޭ ލ އަތޮޅު ގަމުގައި އިއްތިހާދުން ބާއްވަވާ ޖަލްސާގައި އައިޝަތު ނަހުލާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް