ރިލްވާނަށް ވީގޮތް އެނގޭނީ ތަހުގީގަކުން ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ: ތަރުޖަމާނު

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީގޮތް އެނގޭނީ ތަހުގީގަކން ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ. މު...

07 Aug 2018 | 09:14

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީގޮތް އެނގޭނީ ތަހުގީގަކން ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒް މިހެން ވިދާޅުވީ ދެންމެ ކުރެއްވި އިތުރު ޓްވީޓެއްގައި އެވެ. ހަމަ މިކަމާއި ގުޅުވައި މީގެ ކުރިންވެސް މުއާޒް ޓްވީޓެއް ކުރައްވާފައި ވެ އެވެ.

ދެންމެ ކުރެއްވި ޓްވީޓްގައި މުއާޒް ވިދާޅުވީ ރިލްވާނަށް ވީގޮތް އެނގޭނީ ތަހުގީގަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވާކަމަށާއި ރައީސް އެއްވެސް ހާލެއްގައި ރިލްވާންގެ މަރު ސާބިތު ކުރެއްވީ  ނޫން ކަން ތަކުރާރުކޮށް ދަންނަވާކަމަށެވެ.

ނަމަވެސް މިއަދު މަޑަވެލީގައި ރައީސް ޔާމީން ވިދާޅުވީ ނަމަވެސް ރައީސް ޔާމީން ވިދާޅުވީ "މިނިވަން ނޫހުގެ ނޫސްވެރިޔަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފަ، ޝައްކެއްވެސް ނެތް، ވަރަށް ހިތާމަހުރި ކަމެއް" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް