ރައީސުލްޖުމްހޫރިއްޔާ މިއަދު ރިލްވާންގެ މަރު ސާބިތު ކުރެއްވީކީ ނޫން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި މުއާޒް ވިދާޅުވެފައިވަނީ ގދ މަޑަވެލީގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސް ރިލްވާންގެ މަރު ސާބިތު ކުރެއްވީކީ ނޫން ކަމަށެވެ. ރައީސްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ނައިބު ރައީސް އަދީބު ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާ ގުޅުވައިގެން ހެދި ބޮޑު ދޮގެއްގެ މައްޗަށް ކަމަށް މުއާޒްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
""ޝައްކެއް ނެތް" ކަމަށް ރައީސް ވިދާޅުވީ ރިލްވާން އަށް ވީގޮތާމެދު އަޅުގަނޑުމެން އެންމެން ހިތާމަކުރާ ވާހަކަ" ތަރުޖަމާނުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
ނަމަވެސް މިއަދު މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވީ "މިނިވަން ނޫހުގެ ނޫސްވެރިޔަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފަ، ޝައްކެއްވެސް ނެތް، ވަރަށް ހިތާމަހުރި ކަމެއް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް