ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ވެފައިވާކަން ބަޔާންކޮށް މިއަދުން ފެށިގެން އެސްއެމްއެސް ލިބެމުންދާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. މިއަދާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް 45،000 ފޯމް އިލެކްޝަން ކޮމިޝަނަށް ލިބިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 11 ގެ ނިޔަލަށް ހަމަވާނެއެވެ. ރީ-ރަޖިސްޓްރީ ކުރުމުގެ ކަންކަން އިލެކްޝަން ކޮމިޝަނުން ކުރިޔަށް ގެންދަނީ މާލޭގައި ބާ ޖަމާލުއްދީން ހުންނަ އިމާރާތުގައެވެ.
ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ޞައްހަކަން ފުލުހުން މެދުވެރިކޮށް އިލެކްޝަން ކޮމިޝަނުން އަންނަނީ ކުރަމުންކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް