މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ ނިޔާވެފައި ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ރައީސް ޔާމިން މިއަދު ވިދާޅުވެފައިވާއިރު އެ މައްލަސއިގާ މިވަގުތު އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމުގައި ފުލުހުން ހާމަކޮށްފި އެވެ.
ރައީސް ޔާމީންގެ ބަސްފުޅާއިމެދު ބަހެއް ހޯދުމަށް މީޑިއާތަކުން ފުލުހުން މީޑިއާ ވައިބަރ ގްރޫޕްގައި ސުވާލު ކުރަން ފެށުމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރިލްވާން މައްސަލައިގާ މިވަގުތު އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ "މިނިވަން ނޫހުގެ ނޫސްވެރިޔަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފަ، ޝައްކެއްވެސް ނެތް، ވަރަށް ހިތާމަހުރި ކަމެއް" ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވުމާއެކު ގިނަ ބަޔަކު އަންނަނީ ރައީސް ޔާމީނަށް މިކަން އެނގުނީ ކިހިނެއް ކަމާއިމެދު ސުވާލު އުފައްދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް