ރިލުވާން މައްސަލައިގާ އެއްޗެއް ބުނަން އެނގޭނީ ތަހުގީގު ޓީމު ކުރެން އަހާލުމަށްފަހު: ޝިފާން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަނީ ނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެފައިވާއިރު އެކަމާ އެއްޗެއް ބުނަން އެނގޭތީ ތަހުގީގު ޓީމާ މަޝްވ...

07 Aug 2018 | 07:50

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަނީ ނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެފައިވާއިރު އެކަމާ އެއްޗެއް ބުނަން އެނގޭތީ ތަހުގީގު ޓީމާ މަޝްވަރާ ކުރުމަށްފަހުގައި ކަމުގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޑެންޓެންޑް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ޝިފާން މިހެން ވިދާޅުވީ ރައީސް ޔާމީން މިއަދު އެހެން ވިދާޅުވީ ފުލުހުން އެގޮތަށް މައުލޫމާތު ދެއްވައިގެންތޯ ނުވަތަ ރިލުވާނު މަރުވެފައިވާކަމަށް ފުލުހުން ނިންމާފައިވޭތޯ އެހުމުންނެވެ.

"އަޅުގަނޑުމެން ކުރިން ވާނީ އެ މައްސަލައިގާ ހާމަކުރަން ޖެހޭ މައުލޫމާތު ހާމަކޮށްފައި" ޝިފާން ވިދާޅުވި އެވެ. ފުލުހުން މީގެ ކުރިން އެއްވެސް ފަހަރެއްގައި ރިލުވާނު ވަނީ މަރުވެފައިކަމަށް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ރައީސް ޔާމީން ވިދާޅުވީ "މިނިވަން ނޫހުގެ ނޫސްވެރިޔަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފަ، ޝައްކެއްވެސް ނެތް، ވަރަށް ހިތާމަހުރި ކަމެއް" ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވުމާއެކު ގިނަ ބަޔަކު އަންނަނީ ރައީސް ޔާމީނަށް މިކަން އެނގުނީ ކިހިނެއް ކަމާއިމެދު ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް