އަރާދްޔާ ބެލި އައިޝްވަރިޔާގެ ފުރަތަމަ ފިލްމަކީ ކޮބައިކަން އިނގޭތަ؟

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އައިޝްވާރިޔާގެ ދަރިފުޅު އަރާދްޔާ އޭނާގެ މަންމަ ހަރަކާތްތެރިވެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިލްމެއް އެއްކޮށް ބަލާފައިވަނީ މިހާރު ސިނަމާގައި ދައްކަމުންދާ ފ...

07 Aug 2018 | 06:37

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އައިޝްވާރިޔާގެ ދަރިފުޅު އަރާދްޔާ އޭނާގެ މަންމަ ހަރަކާތްތެރިވެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިލްމެއް އެއްކޮށް ބަލާފައިވަނީ މިހާރު ސިނަމާގައި ދައްކަމުންދާ ފަނޭ ޚާން ކަމަށް އައިޝްވާރިޔާ ބުނެފިއެވެ. އައިޝްވާރިޔާ ބުނީ ޓީވީން އަރާދްޔާއަށް އައިޝްވާރިޔާ ފެނިފައިވީނަމަވެސް މިހާތަނަށް އައިޝްވާރިޔާގެ އެއްވެސް ފިލްމެއް އަރާދްޔާ ނުބަލާކަމަށާއި ފަނޭ ޚާން އަކީ އަރާދްޔާ އެއްކޮށް ބެލި އޭނާގެ ފުރަތަމަ ފިލްމުކަމުގައެވެ.

އައިޝްވާރިޔާ ބުނީ ފިލްމު ބަލަމުންދިޔައިރު އަރާދްޔާގެ ލޮލުން އޭނާ ފިލްމާ ގަޔާވެފައި ހުރިކަން އިނގޭކަމަށެވެ.

" އަރާދްޔާ އަށް ވާނީ ފެނިފައި މިފިލްމުގެ ލަވައެއް ޝޫޓްކުރަމުންދަނިކޮށް. މިފިލްމު އަޅުވަން އުޅޭ ވާހަކަ އަޑުއިވުމުން އަރާދްޔާ ބޭނުންވީ އޭނާގެ ހުރިހާ ރައްޓެހިންނާއި އެމީހުންގެ ބެލެނިވެރިންނާއެކު ފިލްމު ބަލަން." އައިޝްވާރިޔާ ބުންޏެވެ.

އައިޝްވާރިޔާ ބުނީ އަރާދްޔާ ފަނޭ ޚާން ބެލީމާ އެކަމާ އުފާވާކަމަށާއި އެއީ އެ ފިލްމަކީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ރަނގަޅު މެސެޖެއްދޭ ފިލްމެއްކަމަށްވާތީ ކަމަށެވެ. ކުޑަކުދިންނަށް އެފިލްމުގައި ނުބެލޭނެ މަންޒަރެއް ފިލްމުގައި ނެތްކަމަށް އައިޝްވާރިޔާ ބުންޏެވެ. އައިޝްވާރިޔާ ބުނީ ފަނޭ ޚާންގައި އައިޝްވާރިޔާ އެކްޓްކޮށްފައިވާ ލަވަތައް ގޭގައިވެސް އަރާދްޔާ ކިޔަމުން ދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް