ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ބަނދަރު ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހެނދުނު މަޑަވެލީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މަޑަވެލީ ބަނދަރު ޙުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިދެއްވައިފައެވެ.
މަޑަވެލި ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއިންނެވެ. މި މަސައްކަތް 2014 ވަނަ އަހަރު ފަށާފައިވާއިރު މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ
ފަންސާސް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޑަވެލި ބަނދަރު މަޝްރޫއުގެ ދަށުން 164 މީޓަރުގެ ސަރަހައްދެއްގައި ވަނީ ރިވެޓްމެންޓު ޖަހައިފައެވެ. މަޑަވެލީގެ ބަނދަރަކީ 241 މީޓަރު ދިގު 40 މީޓަރު ފުޅާ ބަނދަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް