ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން މިއަދު ރަނގަޅުވާނެ

ރާއްޖޭގެ ހުރިހާ ހިސާބަކަށް އާންމުގޮތެއްގައި މިއަދު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ(މެޓް) އިން ހާމަކޮށްފިއެވެ. އެއިދާއިރަން ބުނީ މިއަދު މޫސުން ރަނގަޅު ނަމަވެސް މިރ...

07 Aug 2018 | 05:46

ރާއްޖޭގެ ހުރިހާ ހިސާބަކަށް އާންމުގޮތެއްގައި މިއަދު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ(މެޓް) އިން ހާމަކޮށްފިއެވެ. އެއިދާއިރަން ބުނީ މިއަދު މޫސުން ރަނގަޅު ނަމަވެސް މިރޭ މެދު ތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރުކުރާނެކަމަށް ބެލެވޭކަމުގައެވެ.

މިއަދު ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގު ދެކުނާއި ހުޅަނގުން ، ދެކުނު ސަރަހައްދުތަކުގައި 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނެއްގައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެކަމަށާއި ނަމަވެސް އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް