ތިލަފުށީ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކޮށްފިއެވެ.
ގާތްގަނޑަކަށް ރޭގެ 08:30 ހާއިރު ހިނގި މި ހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ ދަންވަރު 12:30 ހާއިރުގައެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވީ "ސެކިޔޯބޭގް" ގުދަނުގައި ކަމަށާއި އެ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ރޯވާ ޒާތުގެ ތަކެތި ކަމަށެވެ. އެގޮތުން ދަވާދު ގިނަ އަދަކަށް އެ ގުދަނުގައި ސްޓޮކްކޮށްފައި ހުރި ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ ތިލަފުށީގައި ގާއިމްވެ ތިބޭ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމްގެ ސިފައިންނެވެ. ނަމަވެސް އަލިފާން ކޮންޓްރޯލް ވީ މާލެއިން އިތުރު ޓީމެއް ގެންގޮސްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް