ތިނަދޫއަށް އުދަ އަރާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ގދ. ތިނަދޫއަށް އުދަ އަރާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅުއްވާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފެވެ. ސަނީފު ހު...

07 Jul 2020 | 05:53

ގދ. ތިނަދޫއަށް އުދަ އަރާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފެވެ.

ސަނީފު ހުށަހެޅުއްވި ކުއްލި މައްސަލައިގަ ވިދާޅުވީ އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ އެ ރަށަށް އުދަ އަރައި، ރައްޔިތުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ އުދަ އެރުމުގެ މައްސަލައާއި ހެދި ރަށުގެ ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުންނަށް ތުރާތަކާއި ތަކުލީފުތައް ލިބި، ރައްޔިތުންގެ ހައްގުތަކަށް އަސަރުކޮށް ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަހަރަކު ހައެއްކަ ފަހަރު މިހާރު އެ ރަށަށް އަރާ ވަރަށް ބޮޑުކޮށް އުދަ އަރައެވެ.

އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ ބަނދަރު ސަރަހައްދަށް ކަމަށާއި އުދަ އެރުމުގެ ސަބަބުން ފަޅުތެރޭގައި އަޅާފައި އޮންނަ ދޯނިތަކަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

ސަނީފު ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހެޅީ މި ކަމަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ގޮވާލުމުގެ ގޮތުން ކަމަށެވެ. މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް