ޕްރޮސިކުއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހަށް ހާޒިރުކުރަނީ

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް އެކޮމިޓީއިން ނިންމައިފިއެވެ. ބިޝާމް ހާޒިރުކުރުމަށް ހުށަހަޅުއްވައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މައްސ...

07 Jul 2019 | 13:15

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް އެކޮމިޓީއިން ނިންމައިފިއެވެ.

ބިޝާމް ހާޒިރުކުރުމަށް ހުށަހަޅުއްވައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީގެ) އޮފީހުން އޮފީހާއި ޗައިނާގެ ޕްރޮސެކިއުޝަންގެ އޮފީހާއި ދެމެދު 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޗައިނާއަށް ތަމްރީނު ހޯދުމަށް އެ އޮފީހުގެ ވަކީލުން ފޮނުވާ ކަމަށެވެ. އެހެންކަމުން އެކަމާއި ބެހޭ މައުލޫމާތު ސާފުކުރުމަށް ބިޝާމް ހާޒިރުކުރުމަށް ހުށައަޅާ ކަމަށެވެ.

ހިސާންގެ ހުށައެޅުއްވުމަށް ތާއީދުކޮށް ހެންވޭރު ހުޅަނގު ދާއިރާގެމެމްބަރު ހަސަން ލަތީފު ވިދާޅުވީ ޗައިނާގެ އިތުރުންމިހާތަނަށް ޕީޖީގެ އޮފީހުން ވަކީލުންނަށް ތަމްރީނު ދިނުމަށް އެ އޮފީހުން ފޮނުވި ގައުމުތައް ސާފު ކުރުމަށް ބޭނުންވެލައްވާ ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ޕީޖީގެ މަގާމުގައި ހުންނަވައި ގާނޫނާއި ޚިލާފު އަމަލުތައް ހިންގިކަން ފާޙަގަވެފައިވާތީ އެކަން ކޮމިޓީއިން ބަލައި އެކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށް ބިޝާމް ހާޒިރު ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

ބިޝާމް ހާޒިރުކުރުމަށް ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް