އުރީދޫ މޯލްޑިވްސް ގެ ޗީފް ފައިނޭންޝަލް އޮފިސަރު އިސްތިޢުފާ ދެއްވައިފި

އުރީދޫ މޯލްޑިވްސް ޕލކގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ތަވަބާލަން ޕޫބަލަސިންގަމް ވަނީ ޗީފް ފައިނޭންޝަލް އޮފިސަރު ކަމުންނާއި އުރީދޫ މޯލްޑިވްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު (އުރީދޫ މ...

07 Jul 2019 | 11:49

އުރީދޫ މޯލްޑިވްސް ޕލކގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ތަވަބާލަން ޕޫބަލަސިންގަމް ވަނީ ޗީފް ފައިނޭންޝަލް އޮފިސަރު ކަމުންނާއި އުރީދޫ މޯލްޑިވްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) ކަމުން، 13 ޖޫން 2019 ގައި އިސްތިޢުފާ ދެއްވައިފިއެވެ.

އުރީދޫއިން ހާމަކޮށްފައިވާގޮތުގައި ތަވަބާލަން  ޕޫބަލަސިންގަމް މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫ ގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމާ ގުޅިގެންނެވެ.

"ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިރު ތަވަބާލަން ޕޫބަލަސިންގަމް ވަނީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި އެހީތެރިވެދެއްވައި، ކުންފުނީގައި މިހާރު ބޭނުންކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ތަވަބާލަން ޕޫބަލަސިންގަމް ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ފަހިކޮށްދެއްވާފައިވެއެވެ. " އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން ތަވަބާލަން ޕޫބަލަސިންގަމްއަށް އިންޑޯސެޓުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބުމާ ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އެ މަނިކުފާނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އުރީދޫއިން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް