ލުތުފީ މައްސަލައިގާ ހޯމް މިނިސްޓަރު އިމްރާން މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

ނަވާރަ ދިވެހިން ޝަހީދުކޮށްލި، ނޮވެމްބަރު ތިނެއްގެ ހާދިސާގެ މޭސްތިރިޔާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޢީ ލުތުފީ) ރާއްޖެ ގެނައުމާއި ގުޅޭގޮތުން ޖަވާބުދާރީ ކުރުވުމަށް، މިނިސްޓަރު އޮފް ހޯމް އެފެއާޒް އިމްރާ...

07 Jul 2019 | 11:17

ނަވާރަ ދިވެހިން ޝަހީދުކޮށްލި، ނޮވެމްބަރު ތިނެއްގެ ހާދިސާގެ މޭސްތިރިޔާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޢީ ލުތުފީ) ރާއްޖެ ގެނައުމާއި ގުޅޭގޮތުން ޖަވާބުދާރީ ކުރުވުމަށް، މިނިސްޓަރު އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ތާވަލުކޮށްފިއެވެ.

މިނިސްޓަރު އިމްރާން ހާޒިރު ކުރުމަށް ތާވަލުކޮށްފައިވަނީ މާދަމާގެ ޖަލްސާއަށެވެ.

މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވިގޮތުގައި ހޯމް މިނިސްޓަރު ހާޒިރުކުރުމަށް ނިންމާފައިވަނީ މަޖިލީހުގައި ނޮޅިވަރަމް ދާއިރާ ތަމްސީލުކުރައްވާ މެމްބަރު، މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ސުވާލަކާއި ގުޅިގެންނެވެ.

އެ ސުވާލަކީ ހުކުމް ކޮށްފައިވާ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގައި އެއްވެސް މަަސައްކަތެއް ސަރުކާރުން ކުރައްވާތޯ ސާފުކުރުމެވެ.

ނިއުޝާ މިއަދު އިތުރަށް ވިދާޅުވީ ފެބްރުއަރީ ހަތެއްގެ މައްސަލައާއި ގުޅިގެންވެސް ހޯމް މިނިސްޓަރު ހާޒިރުކޮށް ސުވާލުކުރެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހަޅުއްވާފައިވާކަމަށެވެ. އަދި މި ސުވާލުގެ ނޯޓިސް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް