މަހިބަދޫ އިން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީކަހު ހައްޔަރުކޮށްފި

އދ. މަހިބަދޫ އިން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 32 އަހަރުގެ ފިރިހެންމީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކ...

07 Jul 2019 | 06:03

އދ. މަހިބަދޫ އިން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 32 އަހަރުގެ ފިރިހެންމީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާއި އެކީއެވެ. މަހިބަދޫ ފުލުހުން މި މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ 2:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

" މިމީހާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް ކަރުދާސް ކޮތަޅެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއެކު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހާޟިރުގައި އެކޮތަޅު ބަލައިފާސްކުރިއިރު، ކޮތަޅު ތެރޭގައި އޮތް ދަވާދު ދަޅެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ރަބަރު ޕެކެޓް ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ.

މި މީހާގެ ބަންދަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް