ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި އޮތް ގަތަރު އެއާވޭސްގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުގައި އެއާޕޯޓަށް ޖެއްސި އެއާ އޭޝިއާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އެއާ އޭޝިއާގެ ބޯޓު ޖެއްސުމަށް ފަހު، މީހުން ބޭލުމަށް އޭޕްރަންއާ ކައިރި ކުރަނިކޮށް ކަމަށް ވެ އެވެ، ހާދިސާ ހިނގީ ހެނދުނު 9:30 ހާއިރު އެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާތީ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި ދެ ބޯޓު ވެސް އޮތީ މައްސަލަ ތަހުގީގު ކުރަމުންދާތީ ޕާކު ކޮށްފައި ކަމަށެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ އޮތޯރިޓީން ބުނީ ދެ ބޯޓަށް ފުރޭނީ މައްސަލަ ތަހުގީގު ކޮށް ނިމުމުން ކަމަށެވެ. އެ އޮތީރިޓީގެ ޓީމެއް ދަނީ މައްސަލަ ތަހުގީގު ކުރުމަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް