އާޒިމާ ޝަކޫރުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ މަޝްހޫރު ލިޔުންތެރިޔާ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިމާ ޝަކޫރުގެ ބައްޕާފުޅު އަބްދުއް ޝަކޫރު އަލީ (އާސްތާނާ ޝަކޫރު) މިއަދު އަވަހާރަވެއްޖެ އެވެ. އައިޖީއެމް ހޮސްޕިޓަލުގައި މިއ...

07 Jul 2018 | 08:40

ކުރީގެ މަޝްހޫރު ލިޔުންތެރިޔާ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިމާ ޝަކޫރުގެ ބައްޕާފުޅު އަބްދުއް ޝަކޫރު އަލީ (އާސްތާނާ ޝަކޫރު) މިއަދު އަވަހާރަވެއްޖެ އެވެ.

އައިޖީއެމް ހޮސްޕިޓަލުގައި މިއަދު ޝަކޫރު އަވަހާރަވި އިރު އުމުރަކީ 79 އަހަރެވެ. ޝަކޫރުގެ އަންހެން ހަތަރެއް އަދި ފިރިހެން ހަތަރުބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

އާއިލާއިން ހާމަކޮށްފައިވާގޮތުގައި ޝަކޫރު އަވަހާރަވެފައިވަނީ ފާއިތުއި ދޮޅުމަހެއްހާ ދުވަހު އާލާސްކަންފުޅު ބޮޑުވެ އައިޖީއެމްޗްގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ.

ޝަކޫރަކީ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ބޭފުޅެކެވެ. 1970 އާއި 80ގެ އަހަރުތަކުގައި އޭރުގެ މަޝްހޫރު މަޖައްލާއެއްކަމުގައިވާ "އާބާރު" ގައި ގިނަ އަދަދެއްގެ ވާހަކަ ލިޔުއްވި އެވެ. މީގެ އިތުރުން ޗާޕްހާނާ ހިންގެވުމުގައިވެސް އިސްކޮށް އުޅުއްވިއެވެ. މަޝްހޫރު "އުންމީދީ" ޗާޕްހާނާ އަކީ އޭނާގެ ޗާޕްހާނާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް