މުދާ އުފުލާ ލޯންޗެއް ހުޅުލޭ ފަޅުތެރެއަށް ބަންޑުން ޖަހާލައިފި

ހުޅުލޭ އައިލެންޑް ހޮޓެލްއަށް މުދާއުފުލާ ލޯންޗެއް ހުޅުލޭގެ ފަޅުތެރެއަށް ބަންޑުން ޖަހާލައިފިއެވެ. އެންއެންޑިއެފް އިން މައުލޫމާތު ލިބިފައިވައި ގޮތުގައި މިއަދު ހެނދުނު އެޗްއައިއެޗްއަށް މުދާ ހިފައިގެން ދިޔ...

07 Jul 2018 | 06:14

ހުޅުލޭ އައިލެންޑް ހޮޓެލްއަށް މުދާއުފުލާ ލޯންޗެއް ހުޅުލޭގެ ފަޅުތެރެއަށް ބަންޑުން ޖަހާލައިފިއެވެ.

އެންއެންޑިއެފް އިން މައުލޫމާތު ލިބިފައިވައި ގޮތުގައި މިއަދު ހެނދުނު އެޗްއައިއެޗްއަށް މުދާ ހިފައިގެން ދިޔަ ލޯންޗެއް ހުޅުލޭ ފަޅުތެރެއައް ބަންޑުން ޖަހާލާފައި ވާކަމަށެވެ.

ލޯންޗް ބަންޑުން ޖަހާލައިފައިވަނީ މުދާ ހުސްކޮށް، ފަޅު ތެރޭގައި އަޅާފައި އޮއްވާ ދިޔަ ވެގެން ކަމަށް އެންއެންޑިއެފް އިން މައުލޫމާތު ދެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ލޯންޗު ބަނަޑުން ޖަހާލި ކަމަށް އެންއެންޑިއެފް އަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9:12 ގައި ކަމަށް އެންއެންޑިއެފްގެ ތަރްޖަމާން، ކެޕްޓަން އިބްރާހީމް އާޒިމް މައުލޫމާތު ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް