އެމްޕީ ޝަހުދީ ޕީޕީއެމުން ވަކިވެވަޑައިގެންފި

މަޖިލީހުގައި ހަނިމާދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެމްބަރު ހުސެއިން ޝަހުދީ ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ. ޕީޕީއެމުން ވަކިވެވަޑައިގެން ޝަހުދީ ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއ...

07 Jul 2017 | 17:23

މަޖިލީހުގައި ހަނިމާދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެމްބަރު ހުސެއިން ޝަހުދީ ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން ޝަހުދީ ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ޝަހުދީ ވިދާޅުވެފައިވަނީ މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަށް ބޭނުން ނުވާތީ މިއަދުން ފެށިގެން ޕާޓީގެ ދަފްތަރުން އުނިކޮށްދިނުން އެދޭ ކަމަށެވެ.

ޝަހުދީ ޕީޕީއެމުން ވަކިވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށްބުނެ އެންމެ ފަހުން މަޖިލީހަށް ވެއްދި މައްސލައިގެ ގަރާރުގައި ޝަހުދީ ސޮއިކުރައްވާފައި ވެ އެވެ.

ޝަހުދީ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. ޕީޕީއެމާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް