މައުމޫނާއި ނަޝީދަކީ ގައުމަށް ހިޔާނާތްތެރިވީ ދެ ބޭފުޅުން: މިނިސްޓަރު ސައީދު

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި، މުހައްމަދު ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ. މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓުތަކ...

07 Jul 2017 | 07:10

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި، މުހައްމަދު ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.

މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވެފައިވަނީ ނަޝީދާއި މައުމޫނަކީ ގައުމަށް ހިޔާނާތްތެރިވި ދެބޭފުޅުން ކަމަށް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުުައި އެޅުއްވި ބޭފުޅުން ކަމަށެވެ. އެގޮތުން ރައީސް މައުމޫނަކީ ގައުމަށް ހިޔާނަތްތެރިވި މީހެއް ކަން ބުނެދެއްވީ ރައީސް ނަޝީދު ކަމަށާއި ނަޝީދަކީ ލާދީނީ މީހެއްކަން ރައްޔިތުންނަށް ބުނެދެއްވީ ރައީސް މައުމޫން ކަމަށެވެ.

ސައީދު ވަނީ ގައުމަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި އެޅުވުމަށް ފަހު މިއަދު އެކުގައި މަސައްކަތް ކުރަން ފަށައި މާއާފުކޮށްފީމޭ ބުނުމުން ނިމުނީތޯ ސުވާލު ކުރައްވާފައި އެވެ.

"ގައުމާއި ދީނަށް ވީ ޚިޔާނާތަށް މި ދެ މީހުން އެކަކު އަނެކަކަށް މާފު ކުރެއްވީމާ އެ ނިމުނީތޯ،" ސައީދު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓާއި ގުޅިގެން ސިޔާސީ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި މިނިސްޓަރު ސައީދުގެ އިތުރުން ސަރުކާރުގެ އިތުރު މިނިސްޓަރުން ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ، އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ މިނިސްޓަރު ސައީދު ވިދާޅުވީ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އުޅެނީ މަދު ވިޔަފާރިވެރިންތަކެއް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަށް ކަމަށެވެ.

މިދިޔަ ހޯމަދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވެފައި ވަނީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް