މިސްކިތުން ނައިބު ހޯދި މީހާގެ ފަހު ވަގުތު އެންމެ ގާތުގައި ނައިބު

އަހަރެމެންނާ މިއަދު އަލްވަދާއި އެކީ ޤައުމަށް ހިދުމަތްތެރިއެކެވެ. ދެ ދަރީންގެ ބައްޕައެކެވެ. އޯގާތެރި ފިރިއެކެވެ. ދަރިވަރުންތަކެއްގެ އެދުރެކެވެ. އަދި އަބަދުވެސް މިސްކިތަށް ނަމާދަށް ގޮސް އުޅުނު ކިޔަމަންތ...

07 Jun 2019 | 12:49

އަހަރެމެންނާ މިއަދު އަލްވަދާއި އެކީ ޤައުމަށް ހިދުމަތްތެރިއެކެވެ. ދެ ދަރީންގެ ބައްޕައެކެވެ. އޯގާތެރި ފިރިއެކެވެ. ދަރިވަރުންތަކެއްގެ އެދުރެކެވެ. އަދި އަބަދުވެސް މިސްކިތަށް ނަމާދަށް ގޮސް އުޅުނު ކިޔަމަންތެރި ދަރިއެކެވެ.

ދައްކަން މިއުޅެނީ ޒިޔާރަތް މިސްކިތުގައި މިއަދު ހުކުރު ނަމާދަށް ހުއްޓާ ހޭނެތިގެން ވެއްޓި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވި ސ. ހިތަދޫ މޫންލައިޓްވިލާ އަޝްރަފް ސައީދު 44، (އަސޯ) ގެ ވާހަކައެވެ.

ހޭނެތިގެން މިސްކިތަށް އަޝްރަފް ވެއްޓުމުން އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައީ ގައުމުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތްޕުޅުންނެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ބޮޑީގާޑުންގެ އެހީގައި އެމަނިކުފާނުގެ ކާރުކޮޅުގައި އަޝްރަފް ހޮސްޕިޓަލަށް ގެންގޮސްދެއްވިއެވެ.

އަޝްރަފް ނިޔާވިކަން އާއިލާ އާއި ހޮސްޕިޓަލުން މިހާރު ކަށަވަރު ކޮށްދީފައިވާއިރު އަޝްރަފް ނިޔާވި ސީދާ ސަބަބު އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަޝްރަފް މި ދުނިޔެ ދޫކޮށް އެ ދިޔައީ އަޅުކަން ކުރުން މަތީ ދެމިހުއްޓައެވެ. ހުކުރު ނަމާދެއްގައި ހުއްޓައެވެ.

ނައިބު ރައީސް ފައިސަލް ނަސީމްވެސް އާއްމު ގޮތެއްގައި ނަމާދަށް ވަޑައިގަންނަވަނީ އެ މިސްކިތައް ކަމުގައި ބެލެވެއެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމް އެ މިސްކިތުގައި އިންނެވި ފޮޓޯއެއް މީގެ ދުވަސްކޮޅެއް ކުރިން އަޝްރަފް ޓްވިޓާގައި ހިއްސާ ކުރިއެވެ. އެކުވެރިންތަކަކާއެކު ކުރިއަށް ގެންގޮސްފައިވާ ޓްވިޓާ ކޮންވަޒޭޝަނެއްގެ ތެރެއިންނެވެ.

މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް މިސްކިތުގައި އިންނެވި ފޮޓޯ ޓްވީޓް ކުރަމުން އަޝްރަފް ބުނެފައިވަނީ ފަތިސް ނަމާދު ވަގުތު ފައިސަލް ނަސީމް ފެނިއްޖެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުކުރު މިސްކިތުން ފެނުނުތޯ ރަހުމަތްތެރިއަކު ގާތު އަހާފައިވެއެވެ.

އެ ކޮންވަޒޭޝަނަށް ބަލައިލުމުން އެނގުނު ގޮތުގައި އަޝްރަފް އާއްމުކޮށް ނަމާދަށް ދަނީ ޒިޔާރަތް މިސްކިތަށެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމްވެސް ނަމާދަށް ވަޑައިގަންނަވަނީ އެ މިސްކިތައް ކަމަށް އެ ކޮންވަޒޭޝަންގައި އަޝްރަފް ބުނެފައިވެއެވެ. އަދި އެއް ނަމާދަކުން ނައިބު ރައީސް ފައިސަލް ނަސީމް ނުފެނުނީތީ އެވާހަކަވެސް އެ ކޮންވަޒޭޝަން ތެރޭގައި އަޝްރަފް ދައްކާފައިވެއެވެ. ނައިބު ރައީސް އެ މިސްކިތުން ނުފެނިގެން ހޯދިކަންވެސް އެ ކޮންވަޒޭޝަނުން އެނގެއެވެ.

https://twitter.com/asoa/status/1127367840082812929?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

ކިހާ ބޮޑު އިއްތިފާގެއްތޯއެވެ. މީގެ ދުވަސްކޮޅެއް ކުރިން ރަހުމަތްތެރިންނާއެކު އަޝްރަފް ދައްކަމުން ދިޔައި ގައުމުގެ ނައިބު ރައީސާއި ރައީސް ދާ މިސްކިތާއި އެ މިސްކިތްތަކުން އެ ދެބޭފުޅުން ފެންނަ ވާހަކައެވެ. މިސްކިތުން ނައިބު ރައީސް ނުފެނުނު ދުވަހެއް އައުމުން އެ ދުވަސްވެސް އަޝްރަފް ފާހަގަކުރިއެވެ. މިއަދު އަޝްރަފް ހޭނެތިގެން ވެއްޓުނު އިރު އެންމެ ގާތުގައިހުރެ އެންމެ އެހީތެރިން ފޯރުކޮށްދެއްވީ އަޝްރަފްގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

https://twitter.com/sharaff/status/1136960995245486080?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

[contentcards url="https://dhuvas.mv/88051" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް