ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނު މީހާ ނިޔާވެއްޖެ

މިއަދު ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދު ކުރަން ހުއްޓާ ހޭނެތިގެން ވެއްޓުނު މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ މޫންލައިޓް...

07 Jun 2019 | 11:59

މިއަދު ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދު ކުރަން ހުއްޓާ ހޭނެތިގެން ވެއްޓުނު މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ މޫންލައިޓްވިލާ އަޝްރަފް ސައީދު އެވެ. ނިޔާވި އިރު އޭނާގެ އުމުރަކީ 44 އަހަރެވެ.

ހުކުރު ނަމާދައް ހުއްޓާ އޭނާ ހޭނެތިގެން ވެއްޓުމުން އެވަގުތު މިސްކިތުގައި އިންނެވި ގައުމުގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމަނިކުފާނުގެ ބޮޑީގާޑުންނާއި އަދި އާންމުން ވަނީ އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ނަސިބު ރައީސް ދަތުރު ކުރައްވާ ކާރުގައެވެ.

މި ހާދިސާ މެދުވެރިވި މީހާ ނިޔާވިކަން އައިޖީއެމް ހޮސްޕިޓަލުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ނިޔާވި ސީދާ ސަބަބު ހޮސްޕިޓަލުން ބުނެފައެއް ނުވެއެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

އަޝްރަފްގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާނދޭވެ. އަދި އަޝްރަފްގެ އާއިލާއަށް ކެތްތެރިކަން ދެއްވާންދޭވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް