ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވާދޫ ކަނޑުއޮޅީގައި ލޯންޗަކާއި ދޯންޏެއް ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 07:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެ...

07 Jun 2019 | 11:49

ވާދޫ ކަނޑުއޮޅީގައި ލޯންޗަކާއި ދޯންޏެއް ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 07:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓް ހިނގީ ވިލިމާލެ ކައިރިން ވާދޫ ކަނޑުއޮޅިން ދުއްވާފައިދިޔަ ލޯންޗަކާއި ދޯންޏެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގިއިރު ދޯނީގައި އަދި ލޯންޗްގައިވެސް ތިން މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓަށްފަހު ކަފު ޖަހައިގެން ވިލިނގިލި ފަޅަށް ދޯނި ވައްދަން އުޅުމުގެ ތެރޭގައި އެ ދޯނި ވިލިނގިލީ ނެރުމައްޗަށް އަޑިއަށް ގޮސްފައިވާކަމަށާއި ދޯނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދޯންޏާއި ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ދެ އުޅަނދުގައިވެސް ދުއްވަން ތިބީ ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް