މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މަޢާފުނުދެއްވާ ޤައިދީއަކު ޖަލުން ދޫކޮށްފައިވާތީ އެކަން ބަލަން ހޯމް މިނިސްޓްރީން ފުލުހުންނަށް އަންގައިފިއެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާގޮތުގައި އެގޮތަށް އަންގާފައިވަނީ އެކަން ހިނގި ކަމުގ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުމުން އެކަން ހިނގާދިޔަގޮތް ބެލުމަށްފަހުގައެވެ.
https://twitter.com/HomeMinistrymv/status/1136863231761235970
އެމައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގަވައި، ތަހުގީގު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވާފައިވާއިރު ގަވާއިދާ ޚިލާފަށް މިނިވަންވި ގައިދީ މިވަގުތު ހުރީ ތަހުގީގުގެ ބޭނުމަށް ބަންދުކުރެވިފައި ކަމުގައިވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް