ފުލުހުން ބޭނުންވި ހުރިހާ މައުލޫމާތެއް މައުމޫން ވަގުތުން ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު (މާނު) ގެ ބަޔާނަކާއި އަޑުގެ ސާމްޕަލް ފުލުހުން ނަގައިފި އެވެ. ފުލުސް އޮފީހަށް ހާޒިރުކޮށް މައުމޫންގެ ބަޔާން ނެގިއިރު އޭނާގެ މައްޗ...

07 Jun 2018 | 15:48

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު (މާނު) ގެ ބަޔާނަކާއި އަޑުގެ ސާމްޕަލް ފުލުހުން ނަގައިފި އެވެ.

ފުލުސް އޮފީހަށް ހާޒިރުކޮށް މައުމޫންގެ ބަޔާން ނެގިއިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ކުރެ އެވެ.އޭގެތެރޭގައި ހެކި ފޮރުވަން އުޅުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ދަތިކުރަން އުޅުމުގެ އިތުރުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ކުށެއްކުރަން އުޅުން ހިމެނެ އެވެ.

ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފަހު މާނު މީޑިއާގައި ވިދާޅުވީ ފުލުހުންނަށް "އެއްލަކިން" އެއްބާރުލުން ދިނުމުގެ ގޮތުން ފުލުހުން އެދުނު ހުރިހާ މައުލޫމާތެއް ދީފައި ވާނެ ކަމަށެވެ. އެގޮތުން އަޑުގެ ސާމްޕަލާއި، ބަޔާނަކާއި ފޮޓޯ ނެގުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ވަގުތުން ވަގުތަށް ދިނީ ކޯޓު އަމުރު ބޭނުން ނޫން ކަމަށް ބުނެ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ 112 ދުވަސް ކުރިން ހިނގި ކަމެއް މިއަދުތަހުގީގު ކުރަން ފެށުމަކީ ފުލުހުންގެ ދައުރުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

"މިއީ މި ދޭތެރެއަކުން އަޅުގަނޑު ކުރި ޓްވީޓްތަކާ ގުޅިގެން ސިޔާސީ ބޭފުޅެއް ހިތްހަމަނުޖެހިގެން ފުލުހުންނަށް އެންގީމަ ކުރައްވާ ކަމެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންނަކީ އެހާ ނާގާބިލު ބައެއް ކަމަކަށް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ފުލުހަށް ހާޒިރުކުރީ ފެބްރުއަރީ 13 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދެއްވި ވާހަކައެއްގައި، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް