އުރީދޫ މަސް ރޭހުގެ ފައިނަލުގެ ފަހު ދެ ޖާގަ ޓީމް އެންޒީ އަދި ޓީމް އެޗްޑީސީން ކަށަވަރު ކޮށްފި އެވެ.
ރޭ ބްރިޖު ވިއު ޕްލެޓް ފޯމް ގައި ކުރިޔަށް ގެންދިޔަ ފޯރިގަދަ ސެމީ ފައިނަލް އިވެންޓުގައި މި ދެ ޓީމު ފައިނަލަށް ދިޔައީ ކޯސްޓްލައިން އާއި ކޮންރެޑް ރިސޯޓުގެ ޓީމާއި ވާދަ ކޮށްގެންނެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްރޭހުގެ ފައިނަލުގައި ވާދަކުރާ ހުރިހާ ޓީމެއް މިހާރު ވަނީ ކަށަވަރު ވެފަ އެވެ.
މި މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
އުރީދޫ މަސް ރޭހުގެ ފައިނަލްގައި ވާދަކުރާނީ ޓީމް އެންޒީ އަދި ޓީމް އެޗްޑީސީ އަދި ޓީމް މިލައިދޫ އާއި ތާޖް އެގްޒޯޓިކާ އެވެ. މީގެ އިތުރުން މިލަހަނި ކުޑަ ބަނޑޮސްގެ ޓީމާއި ޓީމް ސްޓެލްކޯ އެވެ.
އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރު އުރީދޫ މަސް ރޭސް ކުރިޔަށް ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓުތަކުން ބައިވެރިވެފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް