އެސްޓީއޯއިން ވިއްކާ ޑިސަލްގެ އަގަށް އަނެއްކާވެސް ބަދަލު ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ ލީޓަރަކުން 10 ލާރި ބޮޑުކޮށް ކަމަށެވެ. އޭރުން ޑީސަލް ލީޓަރެއް ލިބޭނީ 11.23 ރުފިޔާ އަށެވެ.
އެސްޓީއޯއިން ބުނީ މި ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ.
އެންމެ ފަހުން ޑީސަލްގެ އަގަށް ބަދަލު ގެނައީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ޑިސަލްގެ އިތުރުން ޕެޓްރޯލް ލީޓަރަކުން 41 ލާރި ބޮޑުކޮށްފައި އެވެ.
މިއީ މިއަހަރު ތެރޭގައި ޑީސަލްގެ އަގަށް ބަދަލު ގެނައި ފަސް ވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް