މިއަދުވެސް މޫސުން ގޯސްވެ 50 މޭލަށް ވައި ގަދަވާނެ!

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި ވައިޖެހޭނީ ހު...

07 Jun 2018 | 04:30

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި ވައިޖެހޭނީ ހުޅަނގު ދެކުނުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާދެމެދުގެ ބާރުމިނުގައި އެވެ.

އެކަަމަކު ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. އެ އިދާރާއިން ބުނީ ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަކޮށް ބައެއް ހިސާބުތަކަށް ގުގުރާނެ އެވެ.

މީގެ އިތުރުން ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ އެވެ.

މެޓް  އޮފީހުން ބުނީ މިއަދުގެ ވަގުތުތަކުގައި ވައިގަދަވެ ކަނޑު ގަދަވާނެތީ ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް