ހުއްދަނެތި ރަސްދޫއަށް އެރި މަސް ދޯންޏެއްގެ ފަަޅުވެރިއަކު ހައްޔަރުކޮށްފި

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފަށް އއ. ރަސްދޫއަށް އެރި މަސް ދޯންޏެއްގެ ފަޅުވެރިއަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހާ ވަނީ ހުޅުމާލެއަށް ދޯނި މަސްކިރުވަން ދިއުމުން މ...

07 May 2020 | 08:12

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފަށް އއ. ރަސްދޫއަށް އެރި މަސް ދޯންޏެއްގެ ފަޅުވެރިއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ވަނީ ހުޅުމާލެއަށް ދޯނި މަސްކިރުވަން ދިއުމުން މަސައްކަތް ނިންމުމަށް ފަހު ހުޅުމާލޭގައި ހުންނަ އާއިލާގެ ގޭގައި އެއް ރޭ މަޑުކޮށްފައި ކަމަށެވެ. އަދި އެމީހާ އަނބުރާ ދޯނީގައި ރަށަށް ގޮސް ފޭބީ ރަސްދޫ ޓާސްކް ފޯސް އާއި އެޗްޕީއޭގެ ހުއްދަ ނެތި ކަމަށެވެ.

މި މައްސަލައިގަ އެމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމަކުން ވަނީ ހުއްދަނެތި މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައި އެވެ. އަދި މާލެ ސަރަހައްދުން ރަށްރަށަށް ދާ މީހުން14 ދުވަހު ކަރަންޓީން ކުރުމަށް އަންގާފައިވެ އެވެ.

މި އެންގުންތައް އެންގި ފަހުން ގަވައިދާ ހިލާފަށް ވަގަށް ރަށްރަށަށް އަރަން އުޅެގެން ގިނަ ބަޔަކު ދަނީ ހައްޔަރު ކުރަމުންނެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރުުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަސް618 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި އެކަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް