ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ނ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ނ. ސޮނެވާ ޖާނީ ރިސޯޓްގައި މަސައްކަތްކުރާ މީހަކު އެ ރި...

06 May 2020 | 19:04

ނ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ނ. ސޮނެވާ ޖާނީ ރިސޯޓްގައި މަސައްކަތްކުރާ މީހަކު އެ ރިސޯޓްގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި ނިޔާވެފައި އޮއްވާ ފެނިފައިވާ މައްސަލަ މިރޭ 08:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

"މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެން ރައްޔިތެއް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް