ދުވަހުގެ ރެސްޓޯރެންޓް މި ސެގްމެންޓަކީ ފާއިތުވި ހަތަރު އަހަރު ދުވަސް ނޫހުން ކޮންމެ ރަމަޟާން މަހެއްގައި ގެނެސްދެމުން އަންނަ ސެގްމެންޓެކެވެ.
މި ސެގްމެންޓްގައި ކޮންމެ ދުވަހަކު ރެސްޓޯރެންޓެއްގެ ރޯދަވީއްލުމާއި ގުޅޭ މައުލޫމާތު ގެނެސްދެވޭނެއެވެ. މެނޫ އާއި އަގާއި ރެސްޓޯރެންޓް ހުންނަ ތަނުގެ މައުލޫމާތު ގެނެސްދެވޭނެއެވެ. އަދި ދުވަހުގެ ފޭސްބުކް ޕޭޖްގައި އާޓިކަލް ޝެއަރ ކޮށް، ކިޔުންތެރިން މި އާޓިކަލް ޝެއަރ ކުރުމުގެ ފުރުސަތު ހުލުވާލެވޭނެއެވެ.
ދުވަސްގެ ފޭސްބުކް ޕޭޖަށް 58 ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، ދުވަހުގެ ރެސްޓޯރެންޓްގެ އާޓިކަލް ކޮންމެ ދުވަހަކު އާއްމު ގޮތެއްގައި 500 އަށްވުރެ ގިނަ ކިޔުންތެރިން ޝެއަރ ކުރެއެވެ. އަދި އެ 500 މީހުންގެ ފޭސްބުކް ރަހުމަތްތެރިންނަށް އެ ލިޔުން ފެނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މި ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ރެސްޓޯރެންޓް ތަކާއި ރޯދަވިއްލުން ދެމުން އަންނަ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ވަނީ ހުޅުވާލެވިފައެވެ. މި ސެގްމެންޓްގައި ބައިވެރިވުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. ހަމަ އެކަނި ދެ ބޭފުޅަކަށް މި ރޯދަ މަހުގެ ކޮންމެވެސް އެއް ދުވަހެއްގައި ރޯދަވީއްލުމެއް ދެއްވުމުން ނިމުނީއެވެ.
ދުވަހުގެ ރެސްޓޯރެންޓްގައި ބައިވެރިވާން ބޭނުންފުޅު ވާނަމަ ދުވަހުގެ ހޮޓްލައިން 9770541 ގުޅާލަދެއްވާށެވެ. ކޮންމެ އަހަރަކުވެސް މި ސެގްމެންޓަށް ރެސްޓޯރެންޓްތަކުން ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކަށް ދުވަސް ޓީމުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް