މޫކައި ހޮޓަލުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ހުރިހާ ފްލޯއެއްގެ ލައިޓްތަކުން ދުން ނިކުންނާތީ އެ ހޮޓެލް ހުސްކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ މިރޭ 09:27 ހާއިރު މޫކައި ސުއިޓްސްގެ ލައިޓްތަކުން ދުން އަރާކަމަށް މައުލޫމާތު ލިބިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"ގްރައުންޑް ފްލޯގައި ހުރި ކޭބަލްތަކެއްގައި ރޯވީ، ހުރިހާ ފްލޯއަކަށްވެސް އަސަރުކޮށްފައިވޭ، ހުރިހާ ފްލޯއެއްގެ ލައިޓްތަކުން ދުން ނިކުންނާތީ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން" ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިރޭ 09:48ގައި ކަމަށެވެ. މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް