އިއްޔެ ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިން މީހާގެ އާއިލާއަށް އެހީވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އިއްޔެގެ އެކްސިޑެންޓްގައި މަރުވި ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު ގައުމަށް ފޮނުވުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި މަރުވި މީހާގެ މަންމަ ރާއްޖެ އަންނާނެ ކަމަށާއި، އެމީހާގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އެކުންފުނިން ކަމުގައެވެ.
އިއްޔެ ހިނގި އެކްސިޑެންޓްގައި ދުއްވަން އިން ޑްރައިވަރަށް އިނީ އެވަގުތު ނިދިފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން މިހާރު ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދުގެ މުއްދަތައް 3 ދުވަސް ޖަހައިފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް