ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ބޮޑު ހުސް ބިމުގައި ވަގުތީ ޕާކިން އޭރިއާއެއް ހަދަނީ

ރަމަޝާން މަހާއި ދިމާކޮށް މާލޭގެ މަގުތަކުގެ ބާރު ކުޑަކުރުމަށް، ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ބޮޑު ހުސް ބިމުގައި ވަގުތީ ޕާކިން އޭރިއާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސ...

07 May 2019 | 09:40

ރަމަޝާން މަހާއި ދިމާކޮށް މާލޭގެ މަގުތަކުގެ ބާރު ކުޑަކުރުމަށް، ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ބޮޑު ހުސް ބިމުގައި ވަގުތީ ޕާކިން އޭރިއާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ތަނުގައި ޕާކު ކުރެވޭ ވަރު ވާނެ ކަމަށެވެ.

މި ސަރަހައްދަކީ ބާޒާރުމަތިކަމަށްވެފައި، ބޮޑެތި އުޅަނދުތައް ގިނައިން ދަތުރުކުރަންޖެހޭ ސަރަހައްދެއްކަމުން މި ޕާކިންގ ޒޯން ހާއްސަކުރެވޭނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މި ޕާކިން އޭރިއާ ހެދުމަށްޓަކައި ސްޕްރީމް ކޯޓުގެ ކުރިމަތީ އޮންނަ ހުސްބިމުގެ ވަށާފާރު ތަޅާލުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް