މި ރަމަޟާން މަހު އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން މުބާރާތްތަކުގެ އެއްވަނައަށް އަންނަ ފަރާތްތަކަށް ތަށި ހިލޭ ދިނުމަށް ސްޕޯޓްސް ޕްލަސް އާއި ކޮޕިއަރ ޕްލަސް އިން ނިންމައިފިއެވެ.
މިއީ މި ދެ ފިހާރާ ގުޅިގެން ކުރިއަށްގެންދާ ރޯދަ ހަދިޔާ ޕްރޮގްރާމެއް ކަމުގައި ސްޕޯޓްސް ޕްލަސްއިން މައުލޫމާތު ދެއެވެ.
އެގޮތުން މި ރަމަޟާން މަހު ކުރިއަށްގެންދާ ޤުރްޢާން މުބާރާތްތައް އިންތިޒާމްކުރާ ފަރާތްތަކުން ސްޕޯޓްސް ޕްލަސްގެ ހޮޓްލައިން ނަމްބަރު 7783755 އަށް ގުޅާލުމުން ތަށި ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި އެ ފިހާރައިން ހާމަކުރެއެވެ.
ސްޕޯޓްސް ޕްލަސް އަކީ ކުޅިވަރުގެ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭ ފިހާރައެކެވެ. ކޮޕިއަރ ޕްލަސް އަކީ ޕްރިންޓަރާއި އޭގެ ކާޓްރިޖްފަދަ ބާވަތްތައް އެއްތަނަކުން ލިބޭ ފިހާރައެކެވެ.
ސްޕޯޓްސް ޕްލަސް ފިހާރަ ހުންނާނީ ހެންވޭރު ކާސިންޖީ މަގުގައި ހުންނަ ފޮއްގަސްގޭގައެވެ. ކޮޕިއަރ ޕްލަސް ހުންނާނީ މަޖީދީ މަގު ބީއެމްއެލް ކުރިމަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް