ހުޅުމާލޭގައި އިތުރު ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.
ބީއެމްއެލް އިން މިއަދު ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވާފައިވަނީ ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުންނަ ރިނާޓަސް އިތާމުއި އެޕާޓްމަންޓް ކޮމްޕްކެކްސްގެ ތިރީގަ އެވެ.
މި ސެލްފް ސާވިސް ބޭންކިން ސެންޓަރުގައި ތިން އޭޓީއެމް ހުންނައިރު، އެއީ ޗެކާއި ނަގުދު ފައިސާ ޑިޕޮޒިޓް ކުރެވޭ އަދު ނަގުދު ފައިސާ ނެގޭ ދެ އޭޓީއެމްއާއި ޗެކް ޑިޕޮޒިޓް ކުރެވޭ އަދި ނަގުދު ފައިސާ ނެގޭ އެއް އޭޓީއެމް އެކެވެ.
އަދި ބޮޑުވަމުން އަންނަ ހުޅުމާލޭގެ އާބާދީއަށް ފައިސާ ނަގާ ޑިޕޮޒިޓް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް