އިއްޔެ ބާޒާރުން ލެޓިއުސް ކިލޯއެއް ގަންނަން ލިބުނީ 250ރ. އަށެވެ. ނަމަވެސް މިއަދު މިވަނީ ލެޓިއުސްގެ އަގު ބޮޑު ތަކުން ވެއްޓިފައެވެ.
މިއަދު ބާޒާރުގައި ލެޓިއުސްގެ އަގު އުޅެނީ ކިލޯއެއް 160ރ. އާއި 150ރ. އާއި ދެމެދުގެ އަގެއްގައެވެ.
ބާޒާރުގައި ކަރަލާއި ކަނޑޫދޫ މިރުހުގެ އަގުވެސް ވަނީ ހެޔޮ ވެފައެވެ. އެގޮތުން ކަނޑޫދޫ މިރުހުގެ 100 ގްރާމް މިއަދު ބާޒާރުގައި އުޅެނީ 75ރ. އާއި 90ރ. އާއި ދެމެދުގެ އަގެއްގައެވެ. ކަރާގެ އަގު އުޅެނީ 40ރ. އާއި 35ރ. އާއި ދެމެދުގެ އަގެއްގައެވެ. ގިނަ ވިޔަފާރިވެރިން ބުނަނީ ކުރިޔަށް އޮތް ހަފްތާގައި ކަރާގެ އަގު މިޔަށްވުރެ ބޮޑަށް ހެޔޮ ވެދާނެ ކަމުގައެވެ. ނަމަވެސް މިރުހުގެ އަގު އިތުރަށް އުފުލިދާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.
މިއަދު ކާއްޓެއްގެ އަގަކީ 15ރ. އެވެ. ބޮޑު ކުރުނބަލެއް 40ރ. އަށް ހުރިއިރު، ކުޑަ ކުރުނބަލެއްގެ އަގަކީ 20ރ. އެވެ. މީގެ އިތުރުން، ބަނބުކޭލެއްގެ އަގަކީ 70ރ. އާއި 60ރ. އާއި ދެމެދުގެ އަގެކެވެ. ލުނބޯ ކިލޯއެއް މިއަދު ބާޒާރުގައި ހުރީ 35ރ. އަށް ކިލޯއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް