ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ ފިނޭންސްއިން ދޫކޮއްފި

ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓޫން ދޭން ޖެހޭ 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި 8.6 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީ އިން ދޫކޮއްފިއެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރ...

07 May 2019 | 08:45

ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓޫން ދޭން ޖެހޭ 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި 8.6 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީ އިން ދޫކޮއްފިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ އެ މިނިސްޓްރީއިން ދޫކޮއްފައިވާ ކަމަށެވެ.

ނަމަވެސް ޕީޕީއެމްއިން ބުނެފައިވަނީ ފައިސާ ޖަމާވި ކަމުގެ އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށާއި ފައިސާ ޖަމާވިކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. އަދި ފައިސާ ޖަމާ ކުރަން އެމްއެމްއޭއަށް ފޮނުވިކަން އަންގައި މި މަހުގެ ދެ ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއިން ސިޓީ ފޮނުވާފައިވާކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.

ޕީޕީއެމްގެ ފައިސާ ދޫނުކޮސް ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ކޯޓުގައި އޮތް މައްސަލަ ނިމުމުން ފައިސާ ދޫކުރަން އިލެކްޝަނުން ފިނޭންސްގައި އެދުނެވެ.

އެ ފައިސާ ދޫނުކުރުމުން ޕީޕީއެމް އިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް