މިރުހުގެ އަގު މިއަދު ހެޔޮ، ފަހުން ބޮޑުވެދާނެ

ރޯދަ މަސް ފެށުމުގެ ކުރިން އަދި ރޯދަމަހުގެ ފުރަތަމަ ދުވަހު 1000ރ އަށް ވުރެ މަތިން މިރުސް ކިލޯއެއްގެ އަގު ހުރިއިރު، މިއަދު މިރުސް ކިލޯއެއްގެ އަގު 800 ރުފިޔާ އަށް ދަށް ވެއްޖެއެވެ. ލޯކަލް މާރުކޭޓުގައި ތިބ...

07 May 2019 | 08:30

ރޯދަ މަސް ފެށުމުގެ ކުރިން އަދި ރޯދަމަހުގެ ފުރަތަމަ ދުވަހު 1000ރ އަށް ވުރެ މަތިން މިރުސް ކިލޯއެއްގެ އަގު ހުރިއިރު، މިއަދު މިރުސް ކިލޯއެއްގެ އަގު 800 ރުފިޔާ އަށް ދަށް ވެއްޖެއެވެ.

ލޯކަލް މާރުކޭޓުގައި ތިބި ވިޔަފާރިވެރިން ކުރިން ބުނެފައިވަނީ ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި މި އަގު އިތުރަށް އުފުލިގެންދާނެ ކަމަށެވެ. ކުރިން މިރުސް ވިއްކި އަގަށް ވުރެ މިއަދު އަގު ހެޔޮ ނަމަވެސް ފަހުން އަގޮބޮޑު ވެދާނެ ކަމަށް ބުނަނީ މިރުސް ލިބުން ދަތިވާތީ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

މިރުސް ކިލޯއެއް 800ރ އަށް ވިއްކާއިރު 100 ގްރާމް ވިއްކަނީ 85 ރުފިޔާއަށެވެ.

މީގެއިތުރުން ކަނޑޫދޫ މިރުހުގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ މީހުން މިހާރު ގަންނަމުން ދަނީ ބޭރުމިރުހެވެ. ބޭރުމިރުސް ހުރީ 100 ގްރާމް 35ރ އާއި 30ރ އާއި ދެމެދުގެ އަގަކަށެވެ.

މިއަދު ލޯކަލް މާރުކޭޓުގެ އަގުތަކަށް ބަލާއިރު ފަޅޯ ކިލޯއެއް އުޅެނީ 35ރ. އަށެވެ. ލުނބޯ ކިލޯއެއް އިއްޔެ 50ރ. އަށް ހުރިއިރު މިއަދު އަގަށް ބަދަލު އައިސް އަގު ދަށްވެފައިވަނީ ކިލޯއެއް 35ރ. އަށެވެ. 5 އަނބު 100ރ. އަށް ހުރި އިރު، ކާއްޓެއްގެ އަގު އުޅެނީ 15 ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް