ވިޔަފާރިވެރިން ބުނަނީ ކުރިއަށް އޮތް ހަފްތާ ކަރާގެ އަގު ވެއްޓޭނެ ކަމަށް

ވިޔަފާރިވެރިން ބުނަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތޮއްޑޫ ކަރާގެ އަގު ވެއްޓޭނެ ކަމަށެވެ. އިއްޔަ ބާޒާރުގައި ކަރާގެ އަގު ހުރީ 50ރ. އާއި 45ރ. އާއި ދެމެދުގެ އަގެއްގައެވެ. މިއަދު ބާޒާރުގައި ކަރާ ކިލޯއެއ...

07 May 2019 | 08:19

ވިޔަފާރިވެރިން ބުނަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތޮއްޑޫ ކަރާގެ އަގު ވެއްޓޭނެ ކަމަށެވެ.

އިއްޔަ ބާޒާރުގައި ކަރާގެ އަގު ހުރީ 50ރ. އާއި 45ރ. އާއި ދެމެދުގެ އަގެއްގައެވެ. މިއަދު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 40ރ. އާއި 35ރ. އާއި ދެމެދުގެ އަގެއްގައެވެ.

ގިނަ ވިޔަފާރިވެރިން ބުނަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކަރާ ތިޔާގިވެ، އަގު ވެއްޓޭނެ ކަމަށެވެ. އެގޮތުން އަންނަ ހަފްތާ ކަރާ ކިލޯއެއް 25ރ. އަށް ވެސް ލިބިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ތޮއްޑޫ އިން ވަނީ 30 ޓަނު ކަރާ ގެނެސްފައެވެ.

ބާޒާރު މަތީގައި މިއަދު ފަޅޯ ކިލޯއެއް އުޅެނީ 35ރ. އަށެވެ. ލުނބޯ ކިލޯއެއް އިއްޔެ 50ރ. އަށް ހުރިއިރު، މިއަދު ހުރީ ކިލޯއެއް 35ރ. އަށެވެ. 5 އަނބު 100ރ. އަށް ހުރި އިރު، ކާއްޓެއްގެ އަގު އުޅެނީ 15 ރުފިޔާ އަށެވެ.

މިއަދު ބާޒާރުގައި ބަނބުކޭލެއްގެ އަގު އުޅެނީ 70ރ. އާއި 60ރ. އާއި ދެމެދުގެ އަގެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް