ދުވަހުގެ ރެސްޓޯރެންޓް: ސިޓްރޯން – ޝެއަރ ކުރައްވައިގެން ދެބޭފުޅަކަށް ރޯދަވީއްލުން ލިބުމުގެ ފުރުސަތު

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ފުރަތަމަ ރެސްޓޯރެންޓެއްގެ ގޮތުގައި މި ގެނެސްދެނީ އަލިމަސް ކާނިވާ ތެރޭގައި ހުންނަ ސިޓްރޯންގެ ރޯދަ މެނޫ އާއި ބެހޭ މައުލޫމާތެވެ. މި އާޓިކަލް ފޭސްބުކްގައި ޝެއަރ ކުރައްވަ...

07 May 2019 | 04:59

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ފުރަތަމަ ރެސްޓޯރެންޓެއްގެ ގޮތުގައި މި ގެނެސްދެނީ އަލިމަސް ކާނިވާ ތެރޭގައި ހުންނަ ސިޓްރޯންގެ ރޯދަ މެނޫ އާއި ބެހޭ މައުލޫމާތެވެ. މި އާޓިކަލް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ސިޓްރޯން އިން ރޯދަވީއްލުން ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

ސިޓްރޯންގެ މެނޫއަށް ބަލައިލާއިރު އަގަކީ ބޮލަކަށް 250 ރުފިޔާއެވެ. އުމުރުން ހަތަރު އަހަރާއި 10 އަހަރާއި ދެމެދުގެ ކުއްޖެއް ބައިވެރިވާނަމަ އިތުރަށް ނަގަނީ 150 ރުފިޔާއެވެ. އަދި 3 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ޗާޖެއް ނުކުރެއެވެ.

ޖުމްލަ ފަސް މެނޫއެއް ހިމަނާފައިވާއިރު ކޮންމެ މެނޫއަކީވެސް ވަކި ދުވަސްތަކަކަށް ހާއްސަކޮށްފައިވާ މެނޫއެކެވެ.

ސިޓްރޯން އިން ރޯދަ ވީއްލައިގެން އިތުރު ފުރުސަތެއްވެސް ލިބިގެންދެއެވެ. އެއީ ސައިކަލެއް ލިބިގެންދާ ޕްރޮމޯޝަނެއްގައި ބައިވެރިވެވުމެވެ. ސިޓްރޯންގެ މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި ދެ ސައިކަލެއް ހިމަނާފައިވެއެވެ. ރޯދަ ވީއްލުމުގައި ބައިވެރިވެލައްވާ ހަމަ ކޮންމެ ބޭފުޅަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ.

މިހިސާބުން ސިޓްރޯންގެ ރޯދަ މެނޫ ހިއްސާކޮށްލާނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް