ސްރީލަންކާގެ ދައުލަތުގެ ސްކޫލް ތަކުގެ ކިޔެވުން ފެށިއްޖެ

މިދިޔަ އޭޕްރީލް މަހު ސްރީލަންކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކަށްފަހު، އެ ގައުމުގެ ދައުލަތުން ހިންގާ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފިއެވެ. ސްރީލަންކާގެ ސްކޫލެއްގެ އޮފިޝަލަކު ވިދާޅުވީ، މަތީ...

07 May 2019 | 04:40

މިދިޔަ އޭޕްރީލް މަހު ސްރީލަންކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކަށްފަހު، އެ ގައުމުގެ ދައުލަތުން ހިންގާ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފިއެވެ.

ސްރީލަންކާގެ ސްކޫލެއްގެ އޮފިޝަލަކު ވިދާޅުވީ، މަތީ ގްރޭޑް ތަކުގެ ކިޔެވުން ފެށިފައިވީނަމަވެސް، މި ގްރޭޑް ތަކުގައި ކިޔަވާ ހަ ހާސް ދަރިވަރުންގެ ތެރެއިން ހޯމަ ދުވަހު ސްކޫލަށް ގޮސްފައިވަނީ އެންމެ ހަ އިންސައްތަ ދަރިވަރުން ކަމަށެވެ. އަދި ގިނަ ބެލެނިވެރިން އެމީހުންގެ ކުދިން ސްކޫލަށް ފޮނުވާފައިނުވާ ކަމަށް ވެސް ރޮއިޓަރސްއިން ބުނެއެވެ.

މީގެއިތުރުން ދައުލަތުގެ ސްކޫލުތަކުގެ ދަށު ގްރޭޑް ތަކުގައި އުޅޭ ދަރިވަރުންގެ ކިޔެވުން ފެށޭނެ ތާރީހެއް އަދި ކަނޑައަޅާފައިނުވާ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެއެވެ.

ދައުލަތުގެ ސްކޫލްތަކުގެ ކިޔެވުން ފެށިފައިވީނަމަވެސް ސްރީލަންކާގައި ހިންގާ އަމިއްލަ ސްކޫލް ތަކުގެ ކިޔެވުން އަދި ނުފެށެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް