ޕްރައިވެޓު ޖެޓެއް ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.
"ޗެލެންޖާ 601" މަރުކާގެ މި ފްލައިޓުގައި ދަތުރު ކުރީ 13 މީހުންނެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ލަސަވޭގަސްގައި އޮތް ބޮކްސިން މެޗެއް ބެލުމަށްފަހު އެނބުރި މެކްސިކޯއަށް ދަނިކޮށެވެ.
ފްލައިޓުގައި ތިބީ އުމުރުން 19 އަހަރާއި 53 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެ ތެރޭގައި އާއިލާއެއް ވެސް ހިމެނެއެވެ.
މެކްސިކޯގެ ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ ޖެޓު ވެއްޓިފައިވަނީ ލަސް ވޭގަސް އިން ފުރައިގެން މެކްސިކޯއަށް އަންނަން ފުރިތާ ދެ ގަޑީރު ފަހުންކަމަށާއި ފްލައިޓު ވެއްޓުމުގެ ކުރިން ފްލައިޓާއި މުއާސަލާތީ ގުޅުން ކެނޑުނުކަމަށެވެ. ފްލައިޓު ވެއްޓިފައި އޮއްވާ ފެނިފައިވަނީ މެކްސިކޯގެ ފަރުބަދަތަކެއް ހުރި ހިސާބަކަށެވެ.
މީގެއިތުރުން މެކްސިކޯގެ މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ފްލައިޓް ވެއްޓިފައިވަނީ ކޮޅިގަނޑެއްގައި ނުޖެހެން އުޅުމުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް