ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް މާލޭގެ ގޭގެއަށް ޒިޔރަތް ކުރައްވާ ރައްޔިތުންގެ ހާލު ބައްލަވައިފި އެވެ.
މި ޒިޔާރަތަކީ އެކަމާ ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރެއްވި ޒިޔާރަތެކެވެ. އެކަމަނާ މިއަދު ޒިޔާރަތް ކުރެއްވީ މައްޗަން ގޯޅީގެ 10 ގެއަކަށެވެ.
ރައީސް އޮފީހާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ފަސްޓް ލޭޑީ ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ހުރިހާ ހިސާބަކަށް އެކަމަނާ ވަޑައިގެން މީހުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެކަމުގައި، ފަސްޓް ލޭޑީ ވަކި ޕާޓީއެއްގެ ބަޔަކަށް ނުބައްލަވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
"އެހީތެރި ކަމަށް ބޭނުންވާ ފަރާތްތަކުން ވަރަށް އެދޭ މެޑަމްއާ ބައްދަލު ކުރައްވަން. އެހެންވެ އެކަމަނާ އަށް ވަގުތުވެލައްވާ ވަރަކުން ގޭގެ އަށް ވަޑައިގެން ސިޓިން ރޫމުތަކުގައި އެ ބޭފުޅުންނާ ބައްދަލު ކުރައްވަމުން ގެންދަވާނެ،" މުއާޒް ވިދާޅުވި އެވެ.
މި ކެމްޕެއިންގެ ދަށުން މެޑަމް ފާތުން ވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރު ކުރައްވާފަ އެވެ. އަދި ދަތުރުފުޅުތަކުގައި ވަނީ ރަށްރަށުގެ ރައްޔިތުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބައްދަލުކޮށް ހާލު އޮޅުއްފިލުވާފައި އެވެ.
މީގެ އިތުރުން މެޑަމް ފާތުން ގެންދަވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށ ްބުރަކޮށް ކެމްޕެއިންކޮށްދެއްވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި އެކަމަނާ ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް