ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ނާއިފް ޝައުކަތު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ބަދަލު ގެންނެވީ ރައީސް ކަމަށެވެ. އެކަމަކު މި ބަދަލު ގެނައި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހުސައިން ވަހީދު ވަކިކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވުމަށްފަހު ޕީޕީއެމްއާ ފަހުން ގުޅުނު ނާއިފް މިސަރުކާރު ފެށުނީންސުރެ ހުންނެވީ ޔޫތު މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް