އުރީދޫގެ ހިއްސާއަކަށް 3.20 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.20ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ. ރޭ ހޮޓެލް ޖެންގައި ބޭއްވި ދެވަނަ އަހަރީ އާންމު ޖަލްސާގައި ފ...

07 May 2018 | 07:31

އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.20ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ދެވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ އެ ކުންފުންޏަށް ލިބުނު ފައިދާގެ 85 ޕަސެންޓު ހިއްސާދާރުންގެ މެދުގައި ބަހާށެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 580.4 މިލިއަން ރުފިޔާލިބިފައިވެ އެވެ.

ރޭގެ ޖަލްސާގައި އެ ކުންފުނިން ވަނީ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންނަށް 2،000 ރުފިޔާގެ އެލަވަންސެއް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ދޭން ފާސްކޮށްފައި އެވެ. ކުރިއަށް އޮތް އަހަރުވެސް އެ ކުންފުނި އޮޑިޓް ކުރުމަށް ނަގާފައިވަނީ 35،750 ޑޮލަރަށް ކޭޕީއެމްޖީ އެވެ.

އުރީދޫއިން ދިވެހިންނަށް ހިއްސާ ވިއްކުމުން މިހާރު އެ ކުންފުންޏަކީ 90.5 ޕަސެންޓު އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އަދި 9.5 ޕަސެންޓު ދިވެހިންގެ ކުންފުންޏެކެވެ.

އުރީދޫއިން ދިވެހިންގެ ހިއްސާވާ ކުންފުންޏަކަށްވީ 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވިއްކައިގެންނެވެ. އެ ކުންފުނިން ހިއްސާ ވިއްކީ 30 ރުފިޔާގެ ގެ ރޭޓުންނެވެ.

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް