ދިރާގު ޓީވީ އާއި ފައިބާ ބްރޯޑް ބޭންޑު ހިދުމަތް ކުޑަހުވަދޫއަށް

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދ. ކުޑަހުވަދޫއަށް ދޭން ފަށައިފި އެވެ. މި ހިދުމަތް އެރަށަށް ތައާރަފުކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ފައިބާ އަދ...

07 May 2018 | 07:00

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދ. ކުޑަހުވަދޫއަށް ދޭން ފަށައިފި އެވެ.

މި ހިދުމަތް އެރަށަށް ތައާރަފުކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ފައިބާ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ އެވެ.

މި ދެ ހިދުމަތް އެ ރަށުގައި ދޭން ފެށުމުގެ ގޮތުން ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތް ދީފައި ވެ އެވެ. އަދި ގުރުއަތުން ހޮވުނު އިތުރު ހަތަރު މީހަކަށް ވެސް ވަނީ ތިން މަސް ދުވަހަށް ދިރާގު ޓީވީ، ފައިބާ ބްރޯޑުބޭންޑް ޕެކޭޖެއް ދީފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ ކުޑަހުވަދޫ އަކީ މި އަހަރުގެ ތެރޭގައި، ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތައާރަފް ކުރި 17 ވަނަ ރަށް ކަމަށެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލްގެ ޚިދުމަތް ދެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފް ކުރި ޑިޒްނީގެ ޗެނަލްތަކާއި ހިންދީ އަދި އިނގިރޭސި ފިލްމު ދައްކާ ޗެނަލްތައް ހިމެނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ޚިދުމަތުގެ މަހު ފީ އަކީ 300ރ. އެވެ.

ދިރާގު 100 އެމްބީޕީއެސް އާ ހަމައަށް ސްޕީޑް ލިބޭ ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތް މާލެ ސަރަހައްދާއި ރާއްޖޭގެ 42 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ ކުންފުނީގެ އޭޑީއެސްއެލް ހިދުމަތް އާބާދީ ބޮޑެތި ހުރިހަ ރަށްތަކަށް މިހާރު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް