އޭޝިއަން ޕޭސްޓްރީ ކަޕްގެ އެންމެ އުންމީދީ ޓީމަކަށް ރާއްޖެ

ސިންގަޕޫރުގައި ބޭއްވި އޭޝިއަން ޕޭސްޓްރީ ކަޕް ގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ އުންމީދީ ހުނަރުވެރި ޓީމަކަށް ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމް ހޮވިއްޖެ އެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލްކޮށ...

07 May 2018 | 03:37

ސިންގަޕޫރުގައި ބޭއްވި އޭޝިއަން ޕޭސްޓްރީ ކަޕް ގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ އުންމީދީ ހުނަރުވެރި ޓީމަކަށް ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމް ހޮވިއްޖެ އެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގެ ޝެފް އާމިނަތު ހަމީދު، ސޮނެވާ ފުށީގެ ޝެފް އިބްރާހިމް ފަރީދުގެ އިތުރުން ހުޅުލެ އައިލަންޑް ހޮޓެލްގެ ޝެފް އިންދްރަ ކުމާރް ލިމްބޫ އެވެ. މި ޓީމް މުބާރާތުގައި ބައިވެރިވީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން ސްޕޮންސާ ކޮށްގެންނެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ސަރަހައްދުގެ ހުރިހާ ގައުމަކުން ގިނަ އަދަދެއްގެ ޝެފުން ބައިވެރިވެގެން ބޭއްވި މި މުބާރާތުގައި އެގްޒިބިޝަނެއްވެސް ކުރިޔަށް ގެންދިޔަ އެވެ. މުބާރާތުގައި މާކްސް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ކެއްކުމުގެ ހުނަރާއި، ޑިޒައިން ކުރުމާއި އެތުރުމުގެ ވައްޓަފާޅީގެ އިތުރުން ހުށަހަޅައި ދިނުމުގެ ވައްޓަފާޅި ހިމެނެ އެވެ.

އަށް ގަޑިއަށް ދެމިގެން ދިޔަ މި މުބާރާތް ޖަޖުކޮށްފައިވަނީ ދުނިޔޭގެ މި ދާއިރާގައި އެންމެ މަޝްހޫރު ޝެފުންނެވެ.

މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ މަހުގެ 25 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް