އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޑީސަލާއި ޕެޓްރޯލް ވިއްކާނީ ލީޓަރަކުން 31 ލާރި ބޮޑުކޮށް ކަމަށެވެ. މި ބަލަދަލާއި އެކު ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 10.42 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ލިބޭނީ 10.72 ލާރިއަށެވެ.
އެސްޓީއޯއިން ބުނީ މި ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީ ކަމަށެވެ.
މިއީ މިއަހަރު ތެރޭގައި ޑީސަލްގެ އަގަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ. އަދި ޕެޓްރޯލްގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ.
ފުރަތަމަ ބަދަލެއްގެ ގޮތުން ޖެނުއަރީގައި ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި ބޮޑުކުރި އެވެ. މާޗް މަހުގެ ތެރޭގައި ވަނީ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފަ އެވެ.
މީގެ އިތުރުން މިދިޔަ މަހު ކުރީކޮޅު ވަނީ ޑީސަލް ލީޓަރަކުން 20 ލާރި ބޮޑުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް