ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ޔުމްނާއަށް!

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ޔުމްނާއަށް އަންގާފައިވަނީ މިއަދު މެންދުރު ފަހު...

07 May 2018 | 02:35

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް ޔުމްނާއަށް އަންގާފައިވަނީ މިއަދު މެންދުރު ފަހު 4:00 އަށެވެ. ޗިޓުގައިވާ ގޮތުން އޭނާ އަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

ހަމަ މި ތުހުމަތުގައި އޭނާގެ ފިރިކަލުން މުހައްމަދު ނަދީމާއި ބައްޕާފުޅު ކުރީގެ ރައީސް މައުމޫންގެ އިތުރުން ކޮއްކޯފުޅު ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފައި އެވެ. އަދި އެ ތިން ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.

މައުމޫނާއި ނަދީމް ބަންދުކުރިތާ ތިން މަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް